ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/65-09 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 18 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 23 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ މ މޮސް (ޝާރިފް އަނީސް/ނޫރާނީހިޔާ، ހިތަދޫ) އަށް އެއްބަސްވުން ނަމްބަރު (AGR)426-AE/INDIV/2024/132އިން ޓޫރިޒަމާއި ގުޅުން ހުރި ކަންތައްތަކަށް ހިތަދޫއިން ދޫކުރެވިފައިވާ ކުލީ ބިމުގައި މަސައްކަތްކުރުމަށް ހުރި ގޮންޖެހުންތަކަށް ރިޢާޔަތްކޮށް ދެއްވައި، ބިން ތަރައްގީ ކުރުމަށް މުއްދަތެއް ކަނޑައަޅައިދީ، އެ މުއްދަތުގައި ކުލި ނުހިނގާގޮތަށް ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅުއްވާ މައްސަލާގައި ކުރެވުނު މަޝްވަރާގައި މިއީ ވާދަވެރި ބީލަމަކުން ދޫކުރެވިފައިވާ ބިމެއް ކަމުން އަދި ބައެއް ފަރާތުން މަސައްކަތްކުރަމުންދާތީވެ، މިފަރާތުން އެދިފައިވާ ގޮތަށް ގްރޭސް ޕީރިއެޑެއް، އަދި ކުލި މާފު ކުރެވެން ނެތުމާއިއެކު، ކައުންސިލުގެ އުސޫލާއި އެއްގޮތަށް ލުއި ދިނުމަށާއި، އަދި މިގޮތާއި އެއްބަސްވާނަމަ ޖޫރިމާނާ މާފުކޮށްދެވިދާނެ ކަމަށާއި، ނަމަވެސް، ސީ.އެސް.އާރު މާފު ނުވަތަ ކުޑަވެސް ނުކުރެވޭނެ ވާހަކަ މިފަރާތަށް އެންގުމަށް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

