ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/65-11 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 18 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 23 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ ޢަބްދުﷲ އިބްރާހިމް(ނީލޯފަރުގެ/ހިތަދޫ)އަށް އެއްބަސްވުން ނަމްބަރު: (AGR)426-AE/INDIV/2026/50ގެ ދަށުން ދޫކުރެވިފައިވާ ކުލީބިމަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ދެއްކުމަށް 03މަހުގެ މުއްދަތެއް ދެއްވުމަށާއި، އަދި މިބިމުގެ މުއްދަތު 20 އަހަރު ދުވަހަށް އިތުރުކޮށްދެއްވުން އެދި ހުށަހަޅާފައިވާ މައްސަލާގައި ކުރެވުނު މަޝްވަރާގައި، މިފަރާތުން އެދިފައިވާ ގޮތަށް ކުލި ދިނުމަށް 03 މަސް ދުވަސް ދިނުމަށް ކައުންސިލުގެ ލުއިދިނުމުގެ އުސޫލަށް ފެތޭނަމަ ދިނުމަށާއި، އެއްބަސްވުމުގެ ޖަދުވަލެއްގައި ކުލި ދެއްކުމުގެ ތާވަލެއް އެކުލަވާލައި، ކައުންސިލުގެ އުސޫލުގެ ދަށުން ކުލި މުރާޖަޢާކޮށް 20 އަހަރު ދުވަހަށް އެއްބަސްވުން އާކޮށް ދިނުމަށާއި، ނަމަވެސް އެއްބަސްވުމުގައި ނުދައްކާ ހުރި ކުލި ދެއްކުމަށް އެކުލަވާ ތާވަލާއި އެއްގޮތަށް ކުލި ނުދައްކާނަމަ އިތުރު އެންގުމަކާއި ނުލައި އެއްބަސްވުން ބާތިލުކުރުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

