މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ ޢާއްމު ކޮމިޓީގެ އުޞޫލާއިމެދު މަޝްވަރާކޮށް ޢާއްމު ކޮމިޓީއިން ފާސްކޮށްފައިވާތީ، އެ އުޞޫލް ކައުންސިލް ބައްދަލުވުމުން ފާސްކުރުމުގެ މައްސަލަ. |
|||
މައްސަލަ ހުށަހެޅި ފަރާތް: އައްޑޫސިޓީ ކައުންސިލް އިދާރާގެ ޢާއްމު ކޮމިޓީ |
|||
ނިންމުން |
|||
މުގައްރިރުގެ ހައިސިއްޔަތުން ކައުންސިލަރ އަލީފަހުމީ އަޙުމަދު މި މައްސަލަ ކައުންސިލަށް ހުށަހެޅުމުން، ކައުންސިލަށް ވަނީ ބަލައިގެންފައެވެ. - އާއްމުކޮމިޓިގެ އުޞޫލުގައި، އެޖެންޑާ ކުރާނީ ކޮން ފަރާތަކުންކަން އެނގެން ނެތްކަމަށާއި، މައްސަލަ ފޮނުވަންޖެހެނީ ކިތައް ދުވަސް ކުރިންކަން ބަޔާން ކުރެވިފައި ނުވާ ކަމާއި، ޤާނޫނީ ލަފާދޭ ފަރާތް ވޯޓްގައި ބައިވެރިވާން ނުފެންނަ ކަމަށާއި، މިފަދަ ކަންކަން ލިޔެވި ފެންނަން އޮންނަންޖެހޭ ކަމަށް ކައުންސިލަރ އިބްރާހިމް ޝުކުރީ ހުށަހަޅުއްވިއެވެ. - އެއްވެސް އިސްލާހެއް ޢާއްމު ކޮމިޓީގެ އުޞޫލުގައި ހިމަނަން އެދޭނަމަ، އެކަން ލިޔުމުން ހުށަހެޅުއްވުމުން، އަލުން ކޮމިޓީގައި މަޝްވަރާ ކުރެވި އިޞްލާހް ގެންނަންޖެހޭ ނަމަ ގެނެވިދާނެ ކަމަށާއި ކައުންސިލް އިދާރާގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތަކަށް މިހާރު ހުށަހެޅިފައި އޮތް އުޞޫލް އޮތް ގޮތަށް ފާސްކުރުމަށް ފެންނަ ކަމަށް ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފު ހުށަހެޅުއްވިއެވެ. މި މައްސަލައަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން ޢާއްމު ކޮމިޓީގެ އުޞޫލު ހުށަހެޅިފައި އޮތް ގޮތަށް ފާސްވިއެވެ. |
|||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަ ކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީ ކައުންސިލްގެ ޢާއްމު ކޮމިޓީގެ އުޞޫލް ފާސްކުރުން