ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/65-13 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 26 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 18 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 23 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ހުށަހަޅާފައިވާ މައްސަލަ ލިމްޕެޓް ޕްރައިވެޓް ލިމިޓެޑްއަށް އެއްބަސްވުން ނަމްބަރު (AGR)426-AE/PRIV/2024/80ގެ ދަށުން ޓުރިޒަމާއި ގުޅުން ހުރި މަސައްކަތަށް ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީވެ، އެއްބަސްވުމާއި ޙަވާލާދީ 14 ދުވަސް ދެވި ސިޓީގެ ޖަވާބެއް ލިބިފައިނުވާތީވެ، މިމައްސަލައާއި މެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ކުރެވުނު މަޝްވަރާގައި، މިފަރާތުން ބިމުގައި ބިމުގައި މަސައްކަތްކުރަމުންދާކަން ފާހަގަކޮށް މިފަރާތަށް ބިމުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް 07 ދުވަހުގެ މުހުލަތެއް ދިނުމަށް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

