އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ޗުއްޓީ އަދި ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާއިރު އޮފީސް ހިންގުމާއި ހަވާލުވެވަޑައިގެންނަވާނެ ކައުންސިލަރެއް ކަނޑައެޅުން.

30 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/66

ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ޗުއްޓީ، ސަލާމުގެ ޗުއްޓީ އަދި ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާއިރު އޮފީސް ހިންގުމާއި ހަވާލުވެވަޑައިގެންނަވާނެ ކައުންސިލަރެއް ކަނޑައެޅުން.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ

ނިންމުން

މައްސަލަ ނިމުނު ގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ޗުއްޓީ، ސަލާމުގެ ޗުއްޓީ އަދި ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާއިރު އައްޑޫސިޓީ ކައުންސިލް އިދާރާ ހިންގުމަށްޓަކައި ތިރީގައި ބަޔާންކުރެވިފައިވާ ތަރުތީބުން ކައުންސިލަރުންނާއި ހަވާލުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

  1. ކައުންސިލަރ، އިބްރާހީމް ޝިނާޒް
  2. ކައުންސިލަރ، ޑރ އާމިނަތު އަދާލާ ރަޝީދު
  3. ކައުންސިލަރ، އިސްމާޢިލް ސަޢީދު
  4. ކައުންސިލަރ، ހުސައިން ޒަރީރު
  5. ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢީލް ސަޢީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00 

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(5)/2026/66

ތާރީޚް: 30 ސެޕްޓެމްބަރ 2026