އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު އޮފީހުގައި ހުރި ބައުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށްޓަކައި ކައުންސިލަށް ހުށަހެޅި މައްސަލައައް ގޮތެއް ނިންމެވުން

30 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/67

ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

މަރަދޫ އަވަށު އޮފީހުގައި ހުރި ބައުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށްޓަކައި ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ދައުލަތުގެ މުދާ ނީލަންކިޔުމާ ނައްތައިލުމުގެ އަމަލު ކުރާނެ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ނީލަންކިޔާތަކެތީގެ ފަށާ އަގަށް މަދުވެގެން ފަހަރަކު -/10 ރުފިޔާ އިތުރުކުރެއްވުމަށްފަހު ނީލަންކިޔުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްކުރެވުނެވެ.

 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ނުޞްރަތު ރަޝީދު

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރިރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00 

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/67

ތާރީޚް: 30 ސެޕްޓެމްބަރ 2026