ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/68 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ގާޑިޔާ ވިޔަފާރި ކުރުމަށް މަރަދޫ އަވަށުގެ ބަނދަރު ސަރަޙައްދުން 1 އަހަރު ދުވަހުގެ މުއްދަތަށް 9 ބިން ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426/426/2024/467 އިޢުލާނާއި ގުޅިގެން ބިޑު އިވެލުއޭޝަން ކޮމިޓީއަށް އިވެލުއޭޓް ކުރުމަށް ހުށަހެޅުނު މައްސަލާގައި ކޮމިޓީން ނިންމަވާފައިވާ ނިންމުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ގާޑިޔާ ވިޔަފާރި ކުރުމަށް މަރަދޫ އަވަށުގެ ބަނދަރު ސަރަޙައްދުން 1 އަހަރު ދުވަހުގެ މުއްދަތަށް 9 ބިން ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426/426/2024/467 އިޢުލާނުގައި މާކްސް ދެވޭނެ ގޮތުގެ ތަފުޞީލު ބަޔާންކޮށްފައިވީ ނަމަވެސް، އިޢުލާނުގެ ނަންބަރު 1، 2، 3 އަދި 4 ގައިވާ ކޮންމެ ބަޔަކަށް ވަކިވަކިން ތަފުޞީލުކޮށް މާކްސްދޭނެ މިންގަނޑެއް ޢާންމުކޮށްފައިނުވުމާއި، އިވެލުއޭޓް ކުރުމުގައި މާކްސް ދިނުމަށް ބަލާނެ ވަކި މިންގަނޑެއް ތަފުޞީލުކޮށް އެނގެން ނެތުމުން ދެ ފުށް ފެންނަ، ހާމަކަން ބޮޑު އުޞޫލަކުން ބީލަންތައް އިވެލުއޭޓް ކުރެވިދާނެ ކަމަށް ކޮމިޓީއަށް ޤަބޫލުނުކުރެވުމާއި އަދި މީގެ އިތުރުން، ޢާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމާ ގުޅޭ އާ އުޞޫލު ކައުންސިލަށް ހުށަހެޅުމާ ހަމައަށް ގޮސްފައިވުމުން، މި އިޢުލާނުގެ ދަށުން ގާޑިޔާ ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން ބިން ދޫކުރުމަށްޓަކައި އަލުން އިޢުލާން ކުރުމަށް، ލޭންޑް އިވެލުއޭޝަން ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
ތާއީދު ކުރެއްވި: ކައުންސިލަރ، މަރްޔަމް ސަޢީދާ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

