އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސިޓީ ކައުންސިލުން "މަރަދޫ ބޮނޑޮގޭ އާޓްގެލަރީ" ގައި ކެފޭ ހިންގުމަށް ހަދާފައިވާ ތަން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިއުލާނުގެ ބީލަން އެވޯޑުކުރުމާއި ގުޅޭ

30 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/69

ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ކައުންސިލުން "މަރަދޫ ބޮނޑޮގޭ އާޓްގެލަރީ" ގައި ކެފޭ ހިންގުމަށް ހަދާފައިވާ ތަން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2026/240 އިޢުލާނުގެ ދަށުން ހުށަހެޅި ބީލަމުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވާތީ، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ބީލަން އެވޯޑު ކުރުމާމެދު ގޮތެއް ނިންމަވާ ދެއްވުން އެދި.   

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އައްޑޫ ސިޓީ ކައުންސިލުން "މަރަދޫ ބޮނޑޮގޭ އާޓްގެލަރީ" ގައި ކެފޭ ހިންގުމަށް ހަދާފައިވާ ތަން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު  (IUL)426-AE/426/2026/240އިޢުލާނުގެ ދަށުން، 09 އޮގަސްޓް 2026 ގައި ބީލަން ހުށަހެޅި "ޕާރމް ޝޯ" ގެ ބީލަން އިވެލުއޭޓް ކުރެވިފައިވާ ގޮތުގެމަތީން 5 އަހަރު ދުވަހުގެ މުއްދަތަށް 133,680.00 (އެއްލައްކަ ތިރީސް ތިންހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) ރުފިޔާ އަށް ބީލަން އެވޯޑު ކުރުމަށް، ލޭންޑް އިވެލުއޭޝަން ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިސްމާޢިލް ސަޢީދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/69

ތާރީޚް: 30 ސެޕްޓެމްބަރ 2026