ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/71-01 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގައި މިވަގުތު ބެޑްމިންޓަން ފިއެސްޓަރގެ ޤަވާއިދު މަޝްވަރާކޮށް ކުރިއަށް ގެންދެވިދާނެކަމަށް ނުފެންނާތީ ފަހުން ޤަވާއިދާއިއެކު ވަކިން އިށީދެގެން ތިބެ ޤަވާއިދު ޑްރާފްޓްކޮށް ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީއަށް ހުށަހެޅުމަށްކަމަށާއި މިހާރު މުބާރާތް ބާއްވާ ތާރީޚެއްގެ ގޮތުގައި ކުރިން ކަނޑައެޅިފައިވަނީ 2026 އޮކްޓޯބަރ 15 ކަމަށް ވީކަމުގައި ވީނަމަވެސް ވަގުތު ކުޑަތަން ވެފައިވާތީ މިހާރު މުބާރާތް ބާއްވާ ތާރިޚަކީ 2026 ނޮވެމްބަރ 04 ވަނަ ދުވަސްކަމަށް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެން ދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މަރިޔަމް ސަޢީދާ |
ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

