ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/71-02 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައަށް ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: / ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ މުބާރާތުގެ އޯގަނައިޒިން ކޮމިޓީގައި ހިމަނަން ވާނީ ކައުންސިލް އެގްޒެކެޓިވް، އާމިނަތު ގްލްފިޝާމް، ކައުންސިލަރ، އިބްރާހިމް ޝިނާޒް، ހަބަރ އިންސްޕެކްޓަރ، އައްފާން ޚާލިދު، ކައުންސިލް އެގްޒެކެޓިވް، ނޫރާ ޖަލީލް، މީގެ އިތުރުން ހެޑްރެފްރީ ކަމަށާއި ދެން އޮންނަން ވަނީ މުބާރާތުގައި އިދާރީ ގޮތުން ސަޕޯޓް ދިނުމަށް ބޭނުންވާ ޓީމް ކަމަށާއި މިއިދާރާގެ ސެކްޝަންތަކުންނާއި ހުރިހާ އަވަށު އޮފީސްތަކުން އެހީތެރިވެވެން ތިއްބެވި ހުރިހާ މުވައްޒަފުން ބައިވެރިކޮށްގެން މުބާރާތުގެ ކަންކަން ކުރުންކަމަށާއި ޔޫތު ސްޕޯރޓްސް ކަލްޗަރ އެންޑް ރެކްރިއޭޝަން ކޮމިޓީއަށް ހުށަހަޅަން ނުޖެހޭ ކަމަށާއި މުބާރާތް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް އޯގަނައިޒިންގ ކޮމިޓީއަށް ހުށަހަޅައިގެން، އޯގަނައިޒިންގ ކޮމިޓީއަށް ފެންނަ ރަގަޅު، މަސައްކައްތަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާނެ ފަދަ މުވައްޒަފުން ބައިވެރިކޮށްގެން މުބާރާތް ހިންގުމުގެ އިޚްތިޔާރު އޯގަނައިޒިން ކޮމިޓީއަށް އޮންނާނެ ކަމަށާއި އެގޮތަށް އޯގަނައިޒިން ކޮމިޓީ ނިންމެވުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެން ދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މަރިޔަމް ސަޢީދާ |
ތާއީދު ކުރެއްވި: ކައުންސިލަރ، އިސްމާޢިލް ސަޢީދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

