ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/72-01 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކާއި މެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ސޯޝަލް އެފެއާޒް ކޮމިޓީގެ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ސޯޝަލް އެފެއާޒް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން "އައްޑޫ ކަލިނަރީ ފެސްޓިވަލް 2026" އަށް ސްޕޮންސަރގެ ގޮތުގައި އެދިފައިވަނީ 30،000 ރުފިޔާ ކަމުގައި ވިޔަސް ކައުންސިލްގެ ފަރާތުން 15،000 ރުފިޔާ (ފަނަރަހާސް ރުފިޔާ) ފައިސާގެ އެހީތެރިކަމެއްގެ ގޮތުގައި ދިނުމަށް ފެންނަކަމަށާއި، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ޓީމް ބެއްލެވުމަށްފަހު ބޭނުންވާނަމަ ކައުންސިލްގެ ފްލެޓްގެ އެކޮމޮޑޭޝަން އެވެއިލަބަލް ކަމަށް ކަނޑައަޅާ އެފަރާތުން ޤަބޫލުކުރައްވާނަމަ އެދިފައިވާ މުއްދަތަށް އެކޮމޮޑޭޝަން ހަމަޖައްސަވާ ދެއްވުމަށް ފެންނަ ކަމަށާއި، މުބާރާތް ބޭއްވުމަށް ބޭނުންވާ ތަން ތައްޔާރުކުރުމަށް އެފަރާތުން ރިކުއެސްޓް ކުރައްވާ ކަންކަމުގައި ކައުންސިލްގެ ރިސޯސްތައް ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް،ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެން ދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މަރިޔަމް ސަޢީދާ |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

