އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (72-02)

30 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/72-02

ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކާއި މެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " " ސޯޝަލް އެފެއާޒް ކޮމިޓީގެ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ސޯޝަލް އެފެއާޒް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

އުމުރުން ދުވަސްވީ މީހުންގެ ދުވަސް މިއަހަރު އައްޑޫސިޓީގައި ފާހަގަކުރުމަށްޓަކައި މޯލްޑިވިއަން ރެޑްކްރެސެންޓް އިން ވަރަށް ބޮޑު އިވެންޓެއް މިއަހަރުގެ ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އާއި ވޭތުވެދިޔަ އަހަރުތަކުގައިވެސް މޯލްޑިވިއަން ރެޑްކްރެސެންޓް އިން މި ދުވަސް ވަރަށް ކާމިޔާބު ކަމާއެއްކޮށް ފާހަގަކޮށްފައިވާތީ އާއި މިއަހަރު ކައުންސިލުން އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ބަޖެޓް ކުރެވިފައިވަނީ ވަރަށް ކުޑަ ބަޖެޓެއް ކަމަށްވެފައި މޯލްޑިވިއަން ރެޑްކްރެސެންޓް އާއި މަޝްވަރާކުރުމަށްފަހު މޯލްޑިވިއަން ރެޑްކްރެސެންޓާއި އެއްކޮށް ކައުންސިލުން ގުޅިގެން ބޭއްވޭ އިވެންޓެއްގެ ގޮތުގައި މިހާރު ޝެޑިއުލް ކުރެވިފައިވާ ތާރީޚުގެ ބަދަލުގައި ނޮވެންބަރު މަހުގައި މޯލްޑިވިއަން ރެޑްކްރެސެންޓް އިން ބާއްވާ ތާރީޚުގައި ފާހަގަކުރުމަށް ފެންނަކަމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެން ދިއުމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/72-02

ތާރީޚް: 30 ސެޕްޓެމްބަރ 2026