އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (72-03)

30 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/72-03

ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކާއި މެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " " ސޯޝަލް އެފެއާޒް ކޮމިޓީގެ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ސޯޝަލް އެފެއާޒް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ނޮން ވައިލެންސް ޑޭ މިހާރު ބޭއްވުމަށް ރޭވިފައިވާ ތާރީޚުގެ ބަދަލުގައި އެލިމިނޭޝަން އޮފް ވައިލެންސް އެގެއިންސްޓް ވިމެން ނޮވެންބަރު މަހުގައި ސީރީސް އޮފް އިވެންޓްސްގެ ގޮތުގައި ކުރިއަށްދާނެތީ ނޮވެންބަރު މަހުގައި ކުރިއަށް ގެންދިއުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެން ދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/72-03

ތާރީޚް: 30 ސެޕްޓެމްބަރ 2026