އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުޅުދޫ ކައުންސިލްގެ އިދާރާއާއި އަދި މީދޫ ކައުންސިލްގެ އިދާރާގައި ހުރި ހަރުމުދަލު ޙަވާލުކުރުމާއި ގުޅޭ

30 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/73

ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާއާއި އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާގައި ހުރި ހަރުމުދަލުގެ އެސެޓްގައި ހިމެނޭ ތަކެތީގެ އިންވެންޓްރީ އެ ދެ އިދާރާއާއި ޙަވާލުކުރުމާއި ގުޅޭ ގޮތުން ވަކި ގޮތެއް ނިންމެވުން.

މައްސަލަ ހުށަހެޅި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "އައްޑޫ ސިޓީ ކައުންސިލްގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓްއިން ހުޅުދޫ އަދި މީދޫއަށް ޒިޔާރަތްކޮށް، މިހާރު ހުޅުދޫ އަދި މީދޫގައި ބޭނުންކުރާ މުދާތައް ޔަޤީންކޮށް، އެއަވަށަކު ބޭނުންކުރާ މުދަލެއް އެއަވަށަކާއި ހަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/73

ތާރީޚް: 30 ސެޕްޓެމްބަރ 2026