އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް އަދި ބަހުސް މުބާރާތުގެ ފަހުމްނާމާގައި ސޮއި ކުރުމާގުޅޭ

30 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/74

ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ހިތަދޫ ކެމްޕަސް ގުޅިގެން ބޭއްވެވޭ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް 2026 އަދި އައްޝައިޚް ޙުސައިން ޝަރަފުއްދީންގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތް 2026 ބޭއްވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް އާއި ދެމެދު ވެވޭ ފަހުމްނާމާގައި ސޮއި ކުރުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ޔުނިޓް

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި އައްޑޫ ސިޓީ ކައުނސިލް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް ގުޅިގެން ބޭއްވޭ ވާހަކަދެއްކުމުގެ މުބާރާތް އަދި ބަހުސް މުބާރާތުގައި ދެމެދު ވެވޭ ފަހުމްނާމާގައި ސޮއި ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 07 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00  

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/74

ތާރީޚް: 30 ސެޕްޓެމްބަރ 2026