ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/75 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 19 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 30 ސެޕްޓެމްބަރ 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ތަކުރާރުކޮށް ފެންބޮޑުވެ، އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް އިތުރުވަމުންދާތީ، ފޭދޫގައި ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ވަގުތީ ގޮތުން ފެން ހިންދާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްތަކަށް ހާއްސަ ބަޖެޓެއް ހަމަޖައްސެވުމަށް ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އިސްމާޢިލް ސަޢީދު |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ފޭދޫގައި ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ހެދުނު އެސެސްމެންޓްގެ މައްޗަށް ބިނާކޮށް ފެންހިންދާ ނިޒާމުގެ މަސައްކަތްތަކަށް، 700،000 (ހަތްލައްކަ) ރުފިޔާގެ ބަޖެޓެއް ހަމަޖައްސަވައިދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިސްމާޢިލް ސަޢީދު |
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

