އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އޮޑިޓް ކޮމިޓީ އެކުލަވާލުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމާއި އޮޑިޓް ކޮމިޓީއަށް މެމްބަރުން ހަމަޖެއްސުމާ ގުޅޭ

7 އޮކްޓޯބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/77

ޖަލްސާ: 2026 ވަނަ އަހަރުގެ 28 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 20 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 07 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އޮޑިޓް ކޮމިޓީ އެކުލަވާލުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމާއި އޮޑިޓް ކޮމިޓީއަށް މެމްބަރުން ހަމަޖެއްސުމަށް

މައްސަލަ ހުށަހެޅި ފަރާތް: އޮޑިޓް އެންޑް ކޮމްޕްލައަންސް ޔުނިޓް

ނިންމުން

މައްސަލަ ނިމުނު ގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލްގެ އިންޓާރނަލް އޮޑިޓް އަދި މޮނިޓަރިންގ މަސައްކަތްތައް އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާއެކު ހިންގުމަށްޓަކައި "އިންޓާރނަލް އޮޑިޓް ކޮމިޓީ" ގެ ނަމުގައި ރަސްމީ ކޮމިޓީއެއް ޤާއިމްކުރުމަށާއި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިރީގައި ބަޔާންކުރެވިފައިވާ ފަސް ބޭފުޅުން ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

އިންޓާރނަލް އޮޑިޓް ކޮމިޓީގެ މެމްބަރުން

  • ކައުންސިލަރ އިބްރާހިމް ޝިނާޒް
  • ކައުންސިލް އެގްޒެކެޓިވް އަލްއުސްތާޛު ޙަސަން ޒަރީރު
  • ކައުންސިލް އެގްޒެކެޓިވް ޢާއިޝަތު ސުހާ
  • އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް ޢާއިޝަތު ރިފާޢަތު ޖަމީލް
  • އެސިސްޓަންޓް ކައުންސިލް އެގްޒެކެޓިވް މަރިޔަމް ސަޖުވާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، ނުޞްރަތު ރަޝީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00 

 



ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-B(5)/2026/77

ތާރީޚް: 7 އޮކްޓޯބަރ 2026