އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި އިންޓަރންޝިޕަށް މަސައްކަތް ކުރުމުގެ އުޞޫލު ފާސްކުރުމާ ގުޅޭ

7 އޮކްޓޯބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/78

ޖަލްސާ: 2026 ވަނަ އަހަރުގެ 28 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 20 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 07 އޮކްޓޯބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި އިންޓަރންޝިޕަށް މަސައްކަތް ކުރުމުގެ އުޞޫލު' ފާސްކުރުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރް ޔުނިޓް

ނިންމުން

މައްސަލަ ނިމުނު ގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، 'އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި އިންޓަރންޝިޕަށް މަސައްކަތް ކުރުމުގެ އުޞޫލު' ފާސްކުރުމަށާއި އަދި އައްޑޫސިޓީ ކައުންސިލުން ބޭނުންވާ މަސައްކަތްތައް ކުރުވުމަށް ހުޅުވާލެވޭ އިންޓަރންޝިޕް ފުރުސަތުތަކަށް އުޖޫރައިގެ ގޮތުގައި ދުވަހަކަށް 100 ރުފިޔާ ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 09 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00 

 



ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-B(5)/2026/78

ތާރީޚް: 7 އޮކްޓޯބަރ 2026