|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ފޭދޫ ޒުވާނުން އިސްނަގައިގެން ޑިސެންބަރު 20 އިން ޖަނަވަރީ 11 ގެ ނިޔަލަށް ބާއްވާ ވޮލީ މުބާރާތަށް އެހީ ހޯދުމަށް އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: އައްޑޫގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މިފަދަ މުހިއްމު ހަރަކާތްތަކަށް ކައުންސިލުން އެހީތެރި ވުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށާއި، ކައުންސިލަށް މިފަދަ މައްސަލަ ތައް ހުށަހެޅުމުގެ ކުރިން ޤާވާޢިދުގައިވާ ގޮތުގެ މަތިން އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ މަޢުލޫމާތު ސެކްޝަންތަކުން ފޯރުކޮށްދެއްވަމުން ގެންދިއުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް، " ހެދިފައިވާ އުޞޫލާއި ޤާވާއިދުގެ ދަށުން މި މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ދާއިރާގެ ކައުންސިލަރުގެ ބެއްލެވުމުގެ ދަށުން މިމައްސަލައާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އަލުން މިމައްސަލަ ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވީ: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 02 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
|

