|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ އެއިޑްސް ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީ މަރަދޫ، ސިއްޙީ މަރުކަޒުން އިސްނަންގަވައިގެން ކުރިއަށް ގެންދާ ޙަރަކާތަށް އެހީތެރިވުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ އެއިޑްސް ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫ، ސިއްޙީ މަރުކަޒުން އިސްނަންގަވައިގެން ކުރިއަށް ގެންދާ ޙަރަކާތަށް އެހީތެރިވުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަ ކުރެވޭތީ، ހުށަހަޅާފައިވާ ތަފްޞީލުގައި ހިމެނޭ ފައިސާގެ އެހީ މަރަދޫ ސިއްޙީ މަރުކަޒަށް ދިނުމަށް ފެންނަކަމަށާއި، މިފައިސާ ޚަރަދު ކުރުމުގައި ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ބަޖެޓް ކޯޑް ނަމްބަރު: 223999 ގައި ރައްޔިތުންގެ ގޮތުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން މިފައިސާ ޚަރަދު ކުރުމަށް ފެންނަކަމަށް ހުށަހެޅުއްވި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

