|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ކައުންސިލް އިދާރާގެ ބައެއް އަވަށު އޮފީސް ތަކުންނާއި މުނިސިޕަލް ސަރވިސް އޮފީސްތަކުން ކައުންސިލަށް ނުވަތަ ކައުންސިލަރުންނަށް ނޭނގި ދައުލަތުގެ ބައެއް މުއަސަސާތަކާއި، ނުވަތަ ސަރުކާރުގެ އޮފީސްތަކާއި ގުޅައިގެން ނުވަތަ ގުޅިގެން ބައެއް ބާވަތުގެ ކަންކަން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވިފައިވާތީ، އެކަން އެގޮތަށް ކުރުން މަނާ ކުރުމަށް ހުށަހަޅާ މައްސަލަ |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާހީމް ޝުކުރީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ބަލާއިރު ކައުންސިލްގެ ގިނަ ކަންބޮޑުވުންތައް މިމައްސަލައާއި ގުޅިގެން ހުރިކަން ފާހަގކޮށް، މިފަދަ ކަންކަން ހިނގަން މެދުވެރިވާ ސަބަބު ދިރާސާކޮށް ބެލުމަށާއި، ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ދާދިފަހުން އައި ބަދަލާއި ގުޅިގެން، ކައުންސިލަށް އަލަށް ބަދަލު ކުރެވުނު މުވައްޒަފުންނަށް މަސައްކަތުގެ ހުރިހާ ދާއިރާއަކުން އޮރިއެންޓޭޝަން ޕްރޮގްރާމް ރާވާހިންގައި ކައުންސިލްގެ ހިންގުމުގެ ނިޒާމަށް މުވައްޒަފުން އަހުލުވެރި ކުރުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ގޮތުގެ މަތިން ކައުންސިލުން ނިންމާފައިވާ ކަންކަމަށް އިޙްތިރާމް ކުރުމެއް ނެތި ޤަވާޢިދާއި ޚިލާފަށް ހިނގާފައިވާ ކަންކަން ބަލައި، އެކަންކަމަށް ޤަވާއިދުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަންކަން ތަކުރާރުނުވާނެ އިންތިޒާމެއް ހަމަޖެއްސުމަށް ފެންނަ ކަމަށާއި، މިމައްސަލަ ކައުންސިލްގެ ވޯރކިން ސެޝަނަކަށް ގެންގޮސް ކައުންސިލްގައި މައްސަލައާއި ގުޅިގެން އިތުރު މަޝްވަރާ ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

