މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ސ.މަރަދޫފޭދޫ ލިލީމާގެ ޚަދީޖާ ޒާހިރު އަށް މަރަދޫ ފޭދޫއިން ދޫކުރެވިފައިވާ ( ރަޖިސްޓްރީ ނަމްބަރު: 04/2018 ބްލޫވިއު) ގޯތްޗަކީ ޤާނޫނާއި ޚިލާފަށް ދޫކުރެވިފައިވާ ގޯތްޗެއް ކަމަށް ބެލެވޭތީ މިގޯތި ވަކި ކުރުމާމެދު ކައުންސިލުން ގޮތެއް ނިންމުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމަށްފަހު، ސ.މަރަދޫފޭދޫ ލިލީމާގެ ޚަދީޖާ ޒާހިރުއަށް ދޫކުރެވިފައިވާ ނަމްބަރު: 04/2018 ގޯތީގެ ރަޖިސްޓްރީ ބާޠިލު ކުރުމަށާއި، މިގޯތީގައި އެއްވެސް މަސައްކަތެއް ނުކުރުމަށް ސ.މަރަދޫފޭދޫ ލިލީމާގެ ޚަދީޖާ ޒާހިރުއަށް އެންގުމަށާއި، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު 92/S5C/2017 ޤަޟިއްޔާ އިސްތިޢުނާފަށް ހުށަހެޅުމަށާއި، އަދި މިމައްސަލައިގައި ކަރޮޕްޝަނުގެ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށް މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ސ.މަރަދޫފޭދޫ ލިލީމާގެ ޚަދީޖާ ޒާހިރު އަށް ދޫކުރެވިފައިވާ ގޯތްޗަކީ ޤާނޫނާއި ޚިލާފަށް ދޫކުރެވިފައިވާ ގޯތްޗެއް ކަމަށް ބެލެވޭތީ މިގޯތި ވަކި ކުރުމާމެދު