އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފެބްރުވަރީ މަހުގެ ޙަރަކާތުގައި ހިމެނޭ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުން

12 ފެބުރުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފެބްރުވަރީ މަހުގެ ޙަރަކާތުގައި ހިމެނޭ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުން

މައްސަލަ ހުށަހެޅި ފަރާތް:  އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތަކީ ތަފާތު ގިނަ ގޮތްގޮތުން ބޭނުންތެރި، މުޙިއްމު ޙަރަކާތެއް ކަމަށް ޤަބޫލުކުރެވޭތީ ކޮމިޓީން ހުށަހަޅާފައިވާ ތަފްޞީލުގައި ހިމެނޭ ކަންކަމަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ ޚަރަދު ކައުންސިލްގެ އާމްދަނީ ބަޖެޓްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ހިންގާ ޙަރަކާތްތަކަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުން 10000.00ރުފިޔާ ޚަރަދުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/32

ތާރީޚް: 12 ފެބުރުއަރީ 2019