|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ހުޅުދޫ އަވަށުގެ ސަހަރާއަށް ފަސްއަޅައިގެން ބެރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުޅުދޫ ސަހަރާގައި މީހުން ވަޅުލުމަށް ވަޅުކޮނެ ސަންދޯއް ބަހައްޓަންޖެހެނީ 6 އިންޗި ނުވަތަ 8 އިންޗި ފެންގަނޑު ތެރޭގައި ކަމުން އެސަރަހައްދުގެ ފެންފަށަލައަށް އަސަރުކޮށް ފެނުގައި ކުނިވަސް ދުވަމުންދާކަމުގެ ޝަކުވާ މެދުކެނޑުމެއް ނެތި އުފުލެމުންދާތީ، މިކަމަކީ ސިއްޙީ ގޮތުން ބެލިކަމުގައިވިޔަސް ނުރައްކާތެރި ކަމެއްކަމަށްފަހަގަ ކުރެވޭތީ، ސަހަރާގެ ބިން ފަސްއަޅައިގެން އުސްކުރުމަށް ހުޅުދޫ ފަޅުން ވެލިނަގާނެ އިންތިޒާމެއް ހަމަޖެއްސުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގައި ދަންނަވައިގެން އީ.އައި.އޭ ހަދައި ހުއްދަ ހޯދުމަށްފަހު ހުޅުދޫ ފަޅުން ވެލި ނަގައިގެން ޕަބްލިކް ވޯރކްސް މެދުވެރިކޮށް ސަހަރާއިން 5 ހާސް އަކަފޫޓް، ދޮޅުފޫޓަށް ބިން އުސްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
||||
|
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

