|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އިޢުލާނު ކުރެވި ބިޑް ޕްރޮސެސް ކުރިއަށް ގޮސްފައިވާ ހުޅުދޫ އަދި މީދޫ އަވަށުގެ މަގުބައްތި ޖެހުމުގެ މައްސަލަ ބާޠިލުކުރޮށް އަލުން ހުޅުދޫ އަދި މީދޫ އަވަށުގެ މަގު ބައްތި ޖެހުމަށް އަލުން އިޢުލާނުކުރުމަށް ނިންމަވައި ދެއްވުން އެދި |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުޅުދޫ އަދި މީދޫ އަވަށުގެ މަގު ބައްތި ޖެހުމުގެ މައްސަލަ އިޢުލާނު ކުރެވި ބިޑް ޕްރޮސެސް ކުރިއަށް ގޮސްފައިވަނީ އިޖުރާތުތަކާއި އެއްގޮތަށް ކަމުގައި ނުވާތީ، ހުޅުދޫ އަދި މީދޫ އަވަށުގެ މަގު ބައްތި ޖެހުމުގެ މައްސަލަ އާއި ގުޅިގެން ކައުންސިލަށް ހުށަހަޅާފައިވާ މައްސަލަ ބާޠިލު ކުރުމަށާއި، މި މައްސަލައާއި ގުޅިގެން ކައުންސިލުން ނިންމާފައިވާ ނިންމުން ނަމްބަރު: 426-BR(3)/2019/31 އާއި، ނަމްބަރު: 426-BR(3)/2018/231ނިންމުން ބާޠިލު ކުރުމަށް ފެންނަކަމަށާއި، 2019 ވަނަ އަހަރުގެ ބަޖެޓްގައި ބައްތި ޖެހުމަށް ކަނޑައެޅިފައިވާ ފައިސާގެ ތެރޭގައި ހުޅުދޫ އަދި މީދޫ އަވަށުގައި ކޮންމެ އަވަށެއްގައި 15 މަގުބައްތި ޖެހުމަށް ފައިސާ ހިމެނިފައިވާތީ، ހުޅުދޫ އަދި މީދޫ އަވަށުގެ މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަލުން އިޢުލާނުކޮށް ޤަވާޢިދާއި އެއްގޮތަށް އެންމެހާ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

