|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: މަރަދޫ އަވަށުގައި 12 މަގުބައްތި ޖެހުމުގައި ކައުންސިލުން ގޮތެއްނިންމުން
|
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ފައިޞަލް އިބްރާހީމް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް:
މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގެ މަގުބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ހުރި ފައިސާ، ދާއިރާތަކަށް ބަހާލުމަށްފަހު މަރަދޫ ދާއިރާއަށް ނިސްބަތުން ޚަރަދު ކުރެވެން ހުރި ފައިސާގެ ޢަދަދަށް މަގުބައްތި ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ޕަބްލިކް ވޯރކްސް އަދި މުނިސިޕަލްސަރވިސް ގެ މުވައްޒަފުންނާއި އެ ތަންތަނުން ލިބެން ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ޚަރަދު ކުޑަކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

