|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: 1440 ވަނަ އަހަރުގެ ރަމަޟާން މަހަށް، އައްޑޫސިޓީގެ އަވަށްތަކުގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށާއި، މިސްކިތްތަކުގެ މަރާމާތަށް ލިބިފައިހުރި ފައިސާ ނިސްބަތުން ބަހައި، އައްޑޫގެ 6 އަވަށުގައި ހުރި ހުކުރު ކުރާ ކޮންމެ މިސްކިތަކަށް 25000.00ރުފިޔާ އަދި ހުކުރު ނުކުރާ ކޮންމެ މިސްކިތަކަށް 15000.00ރުފިޔާގެ ރޭޓުން އަވަށްތަކުގެ މިސްކިތްތައް މަރާމާތު ކުރުމަށް ފައިސާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މިސްކިތްތަކުގެ މަރާމާތަށް ނިސްބަތުން އަވަށްތަކަށް ކަނޑައެޅުނު ފައިސާއިން މިސްކިތްތަކުގައި ކުރަންހުރި މަރާމާތު އިސްކަންދޭ ތަރުތީބުން ބަހައި ބަޖެޓަށް ފެތޭގޮތަށް އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި ކައުންސިލްގެ ޕްރޮކިއުމަންޓް އުޞޫލާއި އެއްގޮތަށް އެއަވަށެއްގެ މިސްކިތްތަކުގެ މަރާމާތު އެއަވަށެއްގެ އަވަށު އޮފީހުގެ ބެލުމުގެދަށުން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
|
ތާއީދު ކުރެއްވީ: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

