|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: މިއަހަރުގެ ރަމަޟާން މަހު އައްޑޫ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، ކޮންމެ ދާއިރާއެއްގެ 1 މިސްކިތުގައި ދަމުނަމާދު ކުރާގޮތަށް ބަޖެޓުގައި ހިމެނިފައިވާތީ، ދަމުނަމާދު ކުރާނެ މިސްކިތްތައް ކަނޑައަޅުއްވައި ދެއްވުން އެދި. |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ފާއިތުވި އަހަރު ކައުންސިލުން އިންތިޒާމް ކޮށްގެން ދަމުނަމާދު ކުރުވި މިސްކިތްތަކުގައި މިއަހަރުވެސް ދަމު ނަމާދު ކުރުން ކުރިއަށް ގެންދިއުމަށާއި، ކައުންސިލް ބަޖެޓް ކޯޑު 223016ގައި، ރަމަޟާން މަހު ދަމުނަމާދު ކުރުމުގެ ކަންކަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އެކްޓިވިޓީގެ ތެރެއިން، ދަމުނަމާދު ކުރާ ކޮންމެ ހާފިޒަކަށް ނަމާދުކުރާ ކޮންމެ ރެޔަކަށް 200.00 ރުފިޔާގެ އެލެވެންސެއް ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވީ: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

