އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލުން ކުރިއަށް އޮތް އަހަރުތަކުގައި އައްޑޫ އެވޯޑް ދިނުމާ ގުޅޭ

14 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީ ކައުންސިލުން ކުރިއަށް އޮތް އަހަރުތަކުގައި އައްޑޫ އެވޯޑް ދިނުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ސޯޝަލްސަރވިސް ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އައްޑޫސިޓީ ކައުންސިލުން ކުރިއަށް އޮތް އަހަރުތަކުގައި އައްޑޫ އެވޯޑް ދިނުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ސޯޝަލްސަރވިސް ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" ހުށަހަޅާފައިވާ މައްސަލައަކީ މުޅިކައުންސިލްގެ ރއުޔު މިކަމުގައި ބޭނުންވާ މައްސަލައެއް ކަމުން މިއަދުގެ ޖަލްސާގައި ކައުންސިލްގެ ހުރިހާ މެމްބަރުން ޙާޟިރުވެ ވަޑައިގެން ނެތުމުން، ކައުންސިލް ހުރިހާ މެމްބަރުން ޙާޟިރުވެ ވަޑައިގަންނަވާ ޖަލްސާއަކަށް އަލުން މިމައްސަލަ އެޖެންޑާކުރުމަށް ފެންނަކަމަށް " ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް  ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/16

ތާރީޚް: 14 ފެބުރުއަރީ 2017