އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީގެ ބިލްބޯޑު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގެ ޕާރކްތަކާއި ކުޅިވަރު ދަނޑުތަކުގައި ބެހެއްޓުމާ ގުޅޭ

21 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: އިދާރީ ސެކްޝަން    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީގެ އަވަށްތަކުގައި މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީގެ ބްރޭންޑްތައް އިޝްތިހާރު ކުރުމަށްކުރާ މަސައްކަތުގައި އެ ކުންފުނީގެ ބިލްބޯޑު އައްޑޫސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގެ ޕާރކްތަކާއި ކުޅިވަރު ދަނޑުތަކުގައި ބެހެއްޓުމަށް ބޭނުންވެގެން އެކުންފުނިން ހުށަހެޅި މައްސަލައަށް ގޮތެއް ނިންމުމަށް އިދާރީ ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އައްޑޫސިޓީގެ އަވަށްތަކުގައި މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީގެ ބްރޭންޑްތައް އިޝްތިހާރު ކުރުމަށްކުރާ މަސައްކަތުގައި އެ ކުންފުނީގެ ބިލްބޯޑު އައްޑޫސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫގެ ޕާރކްތަކާއި ކުޅިވަރު ދަނޑުތަކުގައި ބެހެއްޓުމަށް ބޭނުންވެގެން އެކުންފުނިން ހުށަހެޅި މައްސަލައަށް ގޮތެއް ނިންމުމަށް އިދާރީ ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީގެ ބްރޭންޑްތައް އިޝްތިހާރު ކުރުމަށްކުރާ މަސައްކަތުގައި އެ ކުންފުނީގެ ބިލްބޯޑު އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގައި ބެހެއްޓުމަށް ކައުންސިލުން ނިންމުމުގެ ކުރިން ބަލަން ޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަމަށާއި،

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި ހުރި އެއްވެސް ސްކޫލަކަށް ފިޒީ ޑްރިކްންސް ވެއްދުން މަނާކޮށް، ސަރުކާރުން މިފަދަ ބުއިންތައް މަދުކުރުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީގެ އުފެއްދުންތައް އައްޑޫސިޓީގައި އިޝްތިހާރު ކުރުމުގެ ކުރިން އެ ކޮމްޕެނީގެ ބޭފުޅުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފެންނަކަމަށާއި،  މަޝްވަރާ ބައްދަލުވުމުން ނިމޭ ގޮތެއްގެ މަތިން އަލުން މައްސަލަ ކައުންސިލްއަށް ހުށަހެޅުމަށް ފެންނަކަމަށް " ކައުންސިލަރ މުޙައްމަދު ޔަސްރިފް  ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ  ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/21

ތާރީޚް: 21 ފެބުރުއަރީ 2017