އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގުޅިފައިވާ ރަށްތަކުގެ ޖިމްސެޓް ހަރުކުރުމުގެ މަސައްކަތުގެ ތެރެއަށް އިތުރުވާ މަސައްކަތް މި ޕްރޮޖެކްޓްގެ 10% އަށް ވުރެ އިތުރުވުމާ ގުޅޭ

21 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

އައްޑޫސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އަވަށުގައި ޖިމްސެޓް ހަރުކުރުމުގެ މަސައްކަތުގެ ތެރެއަށް އިތުރުވާ މަސައްކަތް މި ޕްރޮޖެކްޓްގެ 10% އަށް ވުރެ އިތުރުވާތީ، މައްސަލައަށް ގޮތެއް ނިންމުމަށް ޕްރޮޖެކްޓް ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

އައްޑޫސިޓީ ހިތަދޫ ، މަރަދޫ މަރަދޫފޭދޫ، އަދި ފޭދޫ އަވަށުގައި ޖިމްސެޓް ހަރުކުރުމުގެ މަސައްކަތުގެ ތެރެއަށް އިތުރުވާ މަސައްކަތް މި ޕްރޮޖެކްޓްގެ 10% އަށް ވުރެ އިތުރުވާތީ، މައްސަލައަށް ގޮތެއް ނިންމުމަށް ޕްރޮޖެކްޓް ސެކްޝަނުން ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" ކައުންސިލުން ކުރިއަށް ގެންދެވޭ މިފަދަ ޕްރޮޖެކްޓްތަކުން  ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވައި ދިނުމަކީ މިފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ އެންމެ މުހިއްމު މަޤްޞަދުކަމުގައި ވާންޖެހޭ ކަމަށާއި، މިގޮތުން މިފަދަ ކަންކަން ކުރިއަށް ގެންދިއުމުގައި ކުރަންޖެހޭ ދިރާސާ ކުރުމުގެ މުހިއްމުކަން ފާހަގަކޮށް، މިފަދަ ދިރާސާ ނުކުރުމުގެ ސަބަބުން ކައުންސިލުން މިހާތަނަށް ބެހެއްޓިފައި ހުރި ޖިމްސެޓްތައް ބެހެއްޓިފައި ހުރީ އެ ޖިމްސެޓްތައް ބެހެއްޓުމަށް އެކަށީގެންވާ ދުރުމިނުގައި ނޫންކަން ފާހަގަކުރެވޭ ކަމަށާއި،

 

ހިތަދޫ އުތުރު ދާއިރާގެ ޖިމްސެޓް ހަރުކުރުމަށް ކަނޑައެޅިފައިވާ ބިން ސާފު ނުކުރެވިއޮތްކަން ފާހަގަ ކުރެވޭ ކަމަށާއި، މިހުށަހެޅުމުގައި އެކަމަށް ބެލިފައި ނެތްކަން ފާހަގަކޮށް، މިޕްރޮޖެކްޓްގެ މަސައްކަތުގައި ހިތަދޫ އުތުރު ދާއިރާގެ ޖިމްސެޓް ހަރުކުރުމަށް ކަނޑައެޅިފައިވާ ބިން ސާފު ކުރުމުގެ މަސައްކަތް ހިމަނައި މަސައްކަތް ކުރިއަށް ގެންދިއުމަށާއި،

 

 ޖިމްސެޓް ބެހެއްޓުމަށް އަޅާ ކޮންކްރީޓް ޕެޑްތަކުގެ މަސައްކަތް ނިމޭއިރު އެ ފެޑް އޮންނަން ޖެހޭނީ ފެންވަރު ރަނގަޅަށް އެޅި އޮމާންކުރެވި، ދަވާދު ލާންޖެހޭ ތަންތަނުގައި ދަވާދު ލެވިފައިކަން ފާހަގަކޮށް،     

 އަވަށްތަކުގައި ޖިމްސެޓް ހަރުކުރުމުގެ މަސައްކަތަށް އިތުރަށް ޚަރަދުވާ ފައިސާ ކައުންސިލް އާމްދަނީ ބަޖެޓްގައި އެދާއިރާއެއްގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ޚަރަދު ކުރުމާއެކު، ފާހަގަކުރެވިފައިވާ ނުކުތާތަކުގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށް ޕްރޮޖެކްޓަށް އިތުރުވާ މަސައްކަތް، ކައުންސިލުން ކުރިއަށް ގެންދިއުމުގައި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދައި މަސައްކަތް ކުރުވުމަށާއި، މިމަސައްކަތް ކުރުވުމުގައި، ޓެކްނިކަލް އަދި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ޤަވާޢިދުގައިވާގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ކައުންސިލަރ މުޙައްމަދު ޔަސްރިފް  ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ   ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/22

ތާރީޚް: 21 ފެބުރުއަރީ 2017