އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. މަރަދޫފޭދޫ ބްލޫ އޯޝަން ގޭގައި ޓިނު ހެދުމާއި އެލްމެނިއަމް ދޮރާއި ދޮރުފަތް ޖެހުމުގެ މަސައްކަތް ކުރުމާ ގުޅޭ

11 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް:  އިދާރީ ސެކްޝަން

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

 

ސ. މަރަދޫފޭދޫ ބްލޫ އޯޝަން ގޭގައި ޓިނު ހެދުމާއި އެލްމެނިއަމް ދޮރާއި ދޮރުފަތް ޖެހުމުގެ މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާތީ، އެމަސައްކަތް ކުރުމުގެ ހުއްދަ ދިނުމާއި ބެހޭގޮތުން މަރަދޫފޭދޫ އަވަށު އޮފީހުން ހުށަހަޅުއްވާފައިވާ މައްސަލައަށް ގޮތެއް ނިންމަވައި ދެއްވުން އެދި  އިދާރީ ސެކްޝަނުން ހުށަހެޅިފައިވާ މައްސަލައިގައި މަޝްވަރާ ކުރުމަށްފަހު ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

މި ސުރުޚީގައި ބަޔާން ކުރެވިފައިވާ މައްސަލަ (އެޖެންޑާ 7ގެ ނ. ގައިވާ) ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށްފަހު،

 އިދާރީ ސެކްޝަނުން ހުށަހެޅުއްވި މި މައްސަލާގައިވާ ސ. މަރަދޫފޭދޫ ބްލޫ އޯޝަން ގޭގައި ޓިނު ހެދުމާއި އެލްމެނިއަމް ދޮރާއި ދޮރުފަތް ޖެހުމުގެ މަސައްކަތް ކުރުމަށްޓަކައި ހުއްދަ ނަންގަވަންޖެހޭ ކަމާއި ގުޅުން ހުރި ފަރާތްތަކުން ހުއްދަ ނެންގެވުމަށްފަހު، އެ މަސައްކަތް ސ. މަރަދޫ ފޭދޫ ބްލޫ އޯޝަން ގޭގައި ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ކައުންސިލަރ ޙުސައިން ޙިލްމީ ކައުންސިލަށް ހުށަހެޅުއްވިއެވެ. އަދި މަރަދޫފޭދޫ އަކީ ބިމުގެ ގޮތުން ދަތި ތަނަކަށް ވެފައި މި މަސައްކަތް ކުރާނެ ބިމެއް ކައުންސިލުން ދެއްކެން ނެތުމުން، އިޖުތިމާޢީ ގޮތުން ކުރެވޭ މިފަދަ މަސައްކަތެއް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭތީ، މި  ހުށަހެޅުން ހުށަހެޅުއްވި ގޮތަށް ފާސްކުރުމަށް ފެންނަ ކަމަށް ޑިޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ތާއީދު ކުރެއްވިއެވެ.

 

މިގޮތުން، ބަޔާންކުރެވި ކައުންސިލަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:  01  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/86

ތާރީޚް: 11 އެޕްރީލް 2017