އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓިއުން އަޕް މޮޓޯސް ބްލެކް ލިސްޓް ކޮށް ޖޫރިމާނާ ކުރުމާއި ގުޅޭ

19 ޑިސެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލާއި ޓިއުން އަޕް މޯޓޯސްއާއި ދެމެދު ވެވިފައިވާ ނަމްބަރު  (AGR)426-AA/PRIV/2017/46 އެއްބަސްވުމާއި ގުޅިގެން ޓިއުން އަޕް މޮޓޯސް ބްލެކް ލިސްޓް ކޮށް ޖޫރިމާނާ ކުރުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  މޭޔަރ ޢަބްދުﷲ ޞާދިޤް 

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫ ސިޓީ ކައުންސިލާއި ޓިއުން އަޕް މޯޓޯސްއާއި ދެމެދު ވެވިފައިވާ ނަމްބަރު  (AGR)426-AA/PRIV/2017/46 އެއްބަސްވުމާއި ގުޅިގެން ޓިއުން އަޕް މޮޓޯސް ބްލެކް ލިސްޓް ކޮށް ޖޫރިމާނާ ކުރުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް ބަލާއިރު، ޓިއުން އަޕް މޮޓޯސް ބޮޑު ޢަދަދަކުން ޖޫރިމާނާކޮށް އެފަރާތް ބްލެކްލިސްޓްކޮށް ނިންމާ ނިންމުމެއްގައި ޕްރޮސީޖަރަލް ފެއަރނެސްއާއި ޑިއުޕްރޮސެސް ޤާއިމު ވެފައިވޭތޯ ބެލިއިރު ޕްރޮސީޖަރަލް ފެއަރނެސް ޤާއިމުވެފައި ނެތްކަމަށް ކައުންސިލަށް ޤަބޫލުކުރެވޭތީ، ޓިއުން އަޕް މޮޓޯސް ބްލެކް ލިސްޓް ނުކުރުމަށާއި، އަދި ޖޫރިމާނާ ނުކުރުމަށް ފެންނަކަމަށާއި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ ދަށުން ކައުންސިލަށް ކާރަކާއި ވޭނެއް ގަތުމަށް އަލުން އިޢުލާނުކޮށް އިދާރީ އަދި ޓެކްނިކަލް ގޮތުން ހަމަޖައްސަން ޖެހޭ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ހުށަހެޅުން ހުށަހެޅި: މޭޔަރ ޢަބްދުﷲ ޞާދިޤް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/297

ތާރީޚް: 19 ޑިސެމްބަރ 2017