|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: މިނިވަން ޗެމްޕިއަން ޝިޕް މުބާރާތުގައި ފޭދޫ އަވަށުން ފޭދޫ ސްޕޯރޓސްގެ ނަމުގައި ބައިވެރިވާ ޓީމަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް އެދި |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލްއަށް ހުށަހެޅި މައްސަލައަށް ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުން އައި ވަގުތު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 7/2010) އާއި ޚިލާފަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލް މެމްބަރުން ސަސްޕެންޑް ކޮށް މަސައްކަތުން އެކަހެރިކޮށްފައިވުމާއި ގުޅިގެން، މި މައްސަލަ ކައުންސިލުން ކުރިއަށް ނުގެންދެވި އޮތްކަން ފާހަގަކޮށް، މިމުބާރާތަށް ކައުންސިލްސިލުން އެހިތެރިކަން ފޯރުކޮށްނުދެވި މުބާރާތް ނިމިފައިވާތީ، އެކަމާއި ކައުންސިލް ކަންބޮޑުވާ ކަމަށާއި، ފޭދޫ ޓީމަކީ ކައުންސިލްގެ އެހީތެރިކަމާއިއެކު ފާއިތުވެދިޔަ މިފަދަ މުބާރާތްތަކުގައި އެންމެ ރަނގަޅު ކާމިޔާބީ ހޯދަމުން އަންނަ ޓީމް ކަމަށާއި، މި މުބާރާތަށް ފޭދޫ ޓީމަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށް ނުދެވުމުގެ އުނިކަން ޓީމަށް ލިބިގެން ދިޔުމުން އެކަމާއި ކައުންސިލް އިތުރަށް ކަންބޮޑުވާކަމަށާއި، މިމުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަގުތު މިހާރު ފާއިތުވެފައިވާތީ، ނިމިފައިވާ މުބާރާތަކަށް ކައުންސިލުން އެހީތެރިވުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

