މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ އާމްދަނީއިން ޚަރަދުކޮށް ހޯދާފައިވާ ޕިކަޕްތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީއާއި ޙަވާލު ކުރެވިފައިވާ 2 ޕިކަޕް މަރާމާތު ކޮށްދިނުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މައްސަލާގައި ފާހަގަ ކުރެވިފައިވާ 2 ވެހިކަލަކީ މުނިސިޕަލް މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ޙަވާލުކުރެވިފައިވާ ކައުންސިލްގެ 2ވެހިކަލް ކަމަށް ވެފައި، އެ ތަކެތި މަރާމާތު ނުކުރެވި، ބޭނުން ކުރަމުންދާއިރު އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެތީ، ކައުންސިލްގެ ވެހިކަލްތައް މަރާމާތުކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ފަރާތް މެދުވެރިކޮށް ވެހިކަލްތައް މަރާމާތުކުރުވުމަށްފަހު، މުނިސިޕަލް މަސައްކަތް ކުރުމަށް ހައުސިންގ މިނިސްޓްރީއާއި އެ 2 ވެހިކަލް ޙަވާލުކުރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ:01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކައުންސިލްގެ އާމްދަނީއިން ޚަރަދުކޮށް ހޯދާފައިވާ ޕިކަޕްތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީއާއި ޙަވާލު ކުރެވިފައިވާ 2 ޕިކަޕް މަރާމާތު ކޮށްދިނުން