އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިއިދާރާގެ ބޭންކް އެކައުންޓް ތަކުގައި ސޮއި ކުރާ ފަރާތްތައް މުރާޖަޢާ ކުރުމަށްފަހު، އަލުން ބޭފުޅުން ކަނޑައެޅުން

11 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިއިދާރާގެ ބޭންކް އެކައުންޓް ތަކުގައި ސޮއި ކުރާ ފަރާތްތައް މުރާޖަޢާ ކުރުމަށްފަހު، އަލުން ބޭފުޅުން ކަނޑައެޅުން. 

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، މިއިދާރާގެ އެކައުންޓް ތަކުގައި ސޮއިކރާނެ ފަރާތްތައް ކަނޑައަޅައި ނިންމާފައިވާ ނަމްބަރު 426-AA (N)/2017/119 ނިންމުން މުރާޖަޢާ ކޮށް، 11 މާރިޗް 2020 އިން ފެށިގެން ތިރީގައި ބަޔާން ކުރެވިފައިވާ މިއދާރާގެ އެކައުންޓްތައް އޮޕްރޭޓް ކުރުމުގައި 10000.00ރުފިޔާ (ދިހަހާސްރުފިޔާ) އިން ފެށިގެން ދަށުގެ ޢަދަދު ތަކުގެ ޗެކްތަކާއި އަދި 10000.00ރުފިޔާ (ދިހަހާސްރުފިޔާ) އިން ފެށިގެން މަތީގެ ޢަދަދު ތަކުގެ ޗެކްތަކުގައި 2 ވަނަ ސޮއި ކުރައްވާނީ ސޮއި ކުރައްވާނީ، ޑިރެކްޓަރ ނޫރާ ޖަލީލު،  އެސިސްޓެންޓް ޑިރެކްޓަރ ޝައިބާ އަނީސް، އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ލުޠުފީ، އަދި އެސިސްޓެންޓް ޑިރެކްޓަރ މަރްޔަމް އަޒްލީމާ މި 4 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކު ކަމަށާއި، 10000.00ރުފިޔާ (ދިހަހާސް ރުފިޔާ) އިން ފެށިގެން މަތީގެ ޗެކްތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް 1 ވަނަ ސޮއި ކުރައްވާނަމަ، އެފަރާތަކަށް 2 ވަނަ ސޮއި ނުކުރެވޭނެ ކަމަށް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އޮޕަރޭޓް ކުރުމުގެ ހުއްދަ ދެވިފައިވާ އެކައުންޓް ތައް.

އެކައުންޓް ނަމްބަރު : 7708 700341 001

އެކައުންޓް ނަމްބަރު : 7708 700341 003

އެކައުންޓް ނަމްބަރު : 7708 700341 002

އެކައުންޓް ނަމްބަރު : 7708 700341 004

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު   

ހުށަހެޅުން ހުށަހެޅި:  މޭޔަރ، ޢަބްދުﷲ ޞާދިޤް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/45

ތާރީޚް: 11 މާރޗް 2021