އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޑައިވް ޓޫރިސްޓް ބީޗް އެންޑް މެރިން ރިސާރޗް އިންސްޓިޓިއުޓް ޕްރޮޖެކްޓަށް ބިމެއް ހޯދުން

23 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސީވޯޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައްޑޫ ޑައިވް ޓޫރިސްޓް ބީޗް އެންޑް މެރިން ރިސާރޗް އިންސްޓިޓިއުޓް ޕްރޮޖެކްޓަށް 35 އަހަރު ދުވަހުގެ މުއްދަތަށް 30000އަކަފޫޓުގެ ބިމެއް ހޯދުމަށް އެދި ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސީ ވޯޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައްޑޫ ޑައިވް ޓޫރިސްޓް ބީޗް އެންޑް މެރިން ރިސާރޗް އިންސްޓިޓިއުޓެއް ހިންގުމަށް ބިމެއް ހަމަޖެއްސުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/58

ތާރީޚް: 23 މާރޗް 2021