އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖަމްޢިއްޔަތުލް ޢުލަމާ އާއި ނޫރުލް އިސްލާމް ގުޅިގެން ހިތަދޫ ފްލެޓް ސަރަޙައްދުގައި 300 މީހުންގެ ވަގުތީ މިސްކިތެއް ބިނާ ކުރުމަށް ހުށަހަޅާ މައްސަލަ

23 މާރޗް 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޖަމްޢިއްޔަތުލް ޢުލަމާ އާއި ނޫރުލް އިސްލާމް ގުޅިގެން ހިތަދޫ ފްލެޓް ސަރަޙައްދުގައި 300 މީހުންގެ ވަގުތީ މިސްކިތެއް ބިނާ ކުރުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު،  އައްޑޫސިޓީ ހިތަދޫ ފްލެޓް ސަރަޙައްދަކީ ގިނަ ޢަދަދެއްގެ އަބާދީއެއް ދިރިއުޅޭ ސަރަހައްދަކަށްވެފައި، މި ސަރަހައްދުގައި މިސްކިތެއް ނެތުމުގެ ދަތިކަން ހުރުމާއި އަދި، ކުރިއަށް އޮތް ރަމަޟާން މަހު ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ސަރަހައްދުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ، ހިތަދޫ މެދެއާރިމަގާއި ކަނދުވަލުމަގު ގުޅޭ ކަންމަތީގައިވާ ހުސް ބިން  (މި ނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ ހުސްބިން) 300 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އެޅުމަށް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ފައިޞަލް އިބްރާހީމް     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/59

ތާރީޚް: 23 މާރޗް 2021