އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫގައި ހުރި ފްލެޓްތައް ދޫކުރުމާއިގުޅޭ މަސައްކަތް ކުރުމަށް ކޮމިޓީއެއް އެކުލަވާލުން

21 އޮކްޓޯބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/112

ބޭއްވުނު ތާރީޚް:21 އޮކްޓޯބަރު 2021

ޖަލްސާ: 2021ވަނަ އަހަރުގެ 35 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 21 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫގައި ހުރި ފްލެޓްތައް ދޫކުރުމާއިގުޅޭ މަސައްކަތް ކުރުމަށް ކޮމިޓީއެއް  އެކުލަވާލުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

            " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫ އަވަށުގައި ޢިމާރާތް ކޮށްފައިވާ ފްލެޓް އޭގެ ޙައްޤުވެރި ފަރާތްތަކަށް ޙަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޓީއެއް އެކުލަވާލަން ޖެހޭތީ ތިރީގައި ބަޔާން ކުރެވިފައިވާ  މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީ އެކުލަވާލައި، ޤަވާޢިދާއި އެއްގޮތަށް ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުޅުދޫގައި ހުރި ފްލެޓްތައް ދޫކުރުމާއިގުޅޭ މަސައްކަތް ކުރުމަށް އެކުލަވާލެވުނު ކޮމިޓީ

  1. އަލްފާޟިލް ޙުސައިން ފައިޒުއް ރަޙްމާން / ކައުންސިލަރ، އައްޑޫސިޓީ ކައުންސިލް
  2. އަލްފާޟިލާ އާމިނަތު ޞާލިޙާ / ކައުންސިލަރ، އައްޑޫސިޓީ ކައުންސިލް
  3. އަލްފާޟިލާ މަޢާނާ މުމްތާޒު/ ކައުންސިލް އެގްޒެކްޓިވް، މީދޫ އަވަށު އޮފީސް
  4. އަލްފާޟިލް ޢަބްދުﷲ ރަޝީދު / އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް، މީދޫ އަވަށު އޮފީސް
  5. އަލްފާޟިލް ޢަލީ އަންވަރު / އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް، ހުޅުދޫ އަވަށު އޮފީސް
  6. އަލްފާޟިލް ޙަސަން ޝިޔާޒް/ އެސޯސިއޭޓް ކައުންސިލް އޮފިސަރ ، ހުޅުދޫ އަވަށު އޮފީސް
  7. އަލްފަޟިލް އަހްމަދު ޟިރާރު/ އެސިސްޓެންޓް މެނޭޖަރ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
  8. އަލްފާޟިލް ޝާފީ ޢަލީ / އެސިސްޓެންޓް ޑިރެކްޓަރ ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް  
  9. އަލްފާޟިލާ ފާޠިމަތު ސަޢީދާ ދުވެލި، ސ.ހުޅުދޫ ( ޢާއްމުންގެ ތެރެއިން ކަނޑައެޅޭ މެމްބަރު)

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު  

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އާމިނަތު ޞާލިޙާ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ޤަރާރު

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/112

ތާރީޚް: 21 އޮކްޓޯބަރ 2021