އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (60-14)

9 ސެޕްޓެމްބަރ 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/60-14

ޖަލްސާ: 2026 ވަނަ އަހަރުގެ 24 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 16 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 09 ސެޕްޓެމްބަރ 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 06 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ތްރީ.އެސް ޕްރައިވެޓް ލިމިޓެޑް އަށް ނަންބަރު: (AGR)426-AE/PRIV/2023/69 އެއްބަސްވުމުން ދޫކުރެވިފައިވާ ކުލީ ބިމަށް ދައްކަންޖެހިފައިވާ ކުލި ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައިދިނުމަށް އެކުންފުނި އިން އެދިފައިވާ މައްސަލައިގައި، މިފަރާތަށް ބިން ދައްކާފައިވާ ކަން އެނގޭނެ ގޮތެއް ނެތްކަމުގައިވުމާއި، ބިމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވުމުން އެ ބިމުގެ އިން ވަކިކޮށް، ބިން ޙަވާލުކޮށްދިނުމަކީ ކައުންސިލުގެ ޒިއްމާއެއް ކަމުގައި ވެފައި، އެކަން ފުރިހަމަ ވެފައި ނެތް ޙާލަތުގައި މި ބިމުން ކުލި ނެގެންޖެހޭނެ ކަމަށް ޤަބޫލުނުކުރައްވާތީ، ވީހާވެސް އަވަހަށް އަވަށުއޮފީހުގެ ފަރާތުން މި ބިމުގެ އިން ވަކިކޮށް، ބިން ޙަވާލުކުރުމަށާއި(ބިން ޙަވާލުކުރެވުނު ކަމުގެ ލިޔުމާއިއެކު)، މި އެއްބަސްވުމުގެ މުއްދަތު ބިން ދެއްކޭ ތާރީޚުން ފެށޭގޮތަށް ބަދަލުކުރުމަށާއި، އެ ތާރީޚުން ފެށިގެން ކުލި ހިނގާގޮތަށް ބަދަލުކުރުމާއިއެކު މިކަންކަން މިފަރާތަށް އެންގުމަށް ފެންނަކަމަށް އަދި މި ނިންމުން ކައުންސިލުން ފާސްކުރެވޭ އެންމެ އަވަހަކަށް ނިންމުން ތަންފީޒު ކުރުމަށް އަވަށުއޮފީހަށް ފޮނުވުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 06 ވޯޓް

ފެންނަކަމަށް: 05 ވޯޓް

ނުފެންނަކަމަށް: 01

ބައިވެރިވެވަޑައިނުގަންނަވާ:01

 



ބާވަތް: ޤަރާރު

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/60-14

ތާރީޚް: 9 ސެޕްޓެމްބަރ 2026