އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ޓުއަރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކާއި ބިން ޙަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

9 ސެޕްޓެމްބަރ 2021     2 years ago


އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ޓުއަރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކާއި ބިން ޙަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ޓުއަރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކާއި ބިން ޙަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ސިޓީ ކުއުންސިލުން މިއަދު ވަނީ އައްޑޫ ޓުއަރިޒަމް ޒޯނުން ބިން ލިބުނު 8 ފަރާތަކާ އެކު ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިން އަދި ހުޅުދޫ ޒޯނުން 1 ބިން ވަނީ ހަވާލުކުރެވިފައެވެ. މިއަދު ޙަވާލުކުރެވުނު ބިންތަކުގެ ތެރޭގައި 3000 އަކަފޫޓުގެ 5 ބިން، 5000 އަކަފޫޓުގެ 1 ބިން އަދި 2400 އަކަފޫޓުގެ 2 ބިން ހިމެނެެއެވެ. އަދި މިފުރުސަތުގައި އައްޑޫ ޓުއަރިޒަމް ޒޯންތަކުން ބިން ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސް، އައްޑޫ ޓުއަރިޒަމް ޒޯނުން އައްޑޫގެ ރައްޔިތުންނަށް އަވަސް މުސަތަގުބަލެއްގައި މަންފާ ހޯދުމައްޓަކާ އައްޑޫ ސިޓީ ކުއުންސިލުން ކޮއްދޭން ޖެހުނު ކޮއްމެ ކަމެއް ކޮއްދިނުމަށް ތައްޔާރަށް ހުންނެވިކަން އައްޑޫ ސިޓީގެ މޭޔާރ އަލީ ނިޒާރު ވަނީ ފާހަގަކޮއްފައެވެ.