އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ޞިއްޙީ މަރުކަޒުގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

20 ޖެނުއަރީ 2021     1 month ago


ފޭދޫ ޞިއްޙީ މަރުކަޒުގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ފޭދޫ ޞިއްޙީ މަރުކަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، އަލްފާޟިލް މުޙައްމަދު ސަޢީދު މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފޭދޫ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް، އަލްފާޟިލް މުޙައްމަދު ސަޢީދު ވަނީ ކައުންސިލާ ޙިއްޞާކުރައްވައިފައެވެ.

މިގޮތުން ފޭދޫ ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ޢިމާރާތް ބޮޑުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން، ފޭދޫ ޞިއްޙީ މަރުކަޒަށް އެމްބިއުލާންސް ވެއްދުމާއި، ޕާކު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.

މިގޮތުން، އިމަރޖެންސީގައި އެމްބިއުލާންސް އައިސް ކައިރި ކުރާ ވަގުތު، ވެހިކަލްތަކުގައި މީހުން އައިސް އެ ސަރަޙައްދަށް އެއްވުމުގެ ސަބަބުން ދިމާވާ ދަތިތައްވެސް އަލްފާޟިލް މުޙައްމަދު ސަޢީދު ވަނީ ފާހަގަކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި، ފޭދޫ ޞިއްޙީ މަރުކަޒަށް ދިމާވާ މި މައްސަލަތައް އަންނަ ހަފްތާގެ ތެރޭގައި ހައްލުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޭޔަރ އާއި ފޭދޫ ދާއިރާގެ ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދެވެ.